logoEN
cocacola
ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް ފަސްކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް ފަސްކޮށްދީފި

އަހުމަދު ޝުރާއު

logo

9/19/2024, 2:14:21 PM

# ރާއްޖެ-އިންޑިއާ

--

ދިވެހި ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ބޮޑު ލޯންގެ ތެރެއިން މި މަހުގެ ތެރޭގައި ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯން ވެސް އެއް އަހަރު ދުވަހަށް ފަސްކޮށްދީފިއެވެ.

ގޮސިޔާ

މިކަން ހާމަކޮށްފައިވަނީ މިރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެވެ.

އެގޮތުން އެބަޔާނުގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 19 ސެޕްޓެމްބަރު 2024 ގައި މެޗޫއާކުރި 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލަށް ފައިސާ ދައްކަން އިންޑިއާ ސަރުކާރުން އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެގޮތުން މިއީ މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލެއް ފުރަތަމަ ފަހަރަށް ރޯލްއޯވާ ކުރުމަށްފަހު އިންޑިއާ ސަރުކާރުން މިއަހަރު ދިން ދެވަނަ ރޯލްއޯވަރެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން މި މުއްދަތު އިތުރުކުރަން ނިންމީ، 2024 ވަނަ އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވެވި މަޝްވަރާތަކުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި މި މުއްދަތު އިތުރުކޮށްފައި މިވަނީ، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ހަރުދަނާ ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް ހިންގަމުން ގެންދާ ދަނޑިވަޅެއްގައިކަންވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ