logoEN
cocacola
ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ދަތިތަކެއްގެ ސަބަބުން

ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ދަތިތަކެއްގެ ސަބަބުން

އަލްފާ އަލީ

logo

9/19/2024, 11:01:05 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

-

މަތީ ތައުލީމަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނުގެ ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ގޮތުންހުރި ދަތިތަކެއްގެ ސަބަބުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މާރިޔާ ވިދާޅުވީ, ދަރިވަރުންގެ ލޯން ފައިސާ ދޫކުރުން ލަސްވާކަމުގެ ޝަކުވާ އެ ވުޒާރާއަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ވުޒާރާއިން މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ލޯނު ފައިސާ ވީހާވެސް އަވަހަކަށް ދޫކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯންގެ ގޮތުގައި 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި މިހާރު ފައިސާ ދޫކުރުން ލަސްވަނީ އިދާރީގޮތުން ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

ދަރިވަރުންނަށް ލޯނު ދޫކުރަނީ ކޮންމެ 6 މަހަކުން އެއްފަހަރު ކަމުން ދަރިވަރުން ކިޔަވަމުންދާކަން ޔަގީން ކުރުމަށް ކޮންމެފަހަރަކުވެސް އެ ދަރިވަރަކު ކިޔަވާ ޔުނިވަރސިޓީއެއްގެ ލިޔުންތައް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ.

ލޯނާއި ސްކޮލާޝިޕާއި ފުރަތަމަ ޑިގްރީއަށް ފައިސާ ދޫކުރުމުގައި ލަސްވާ ސަބަބުތައް:

  • ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުރުން
  • ލިބުން އެދޭ ފައިސާގެ އަދަދު އެއީ ޖަސްޓިފައި ކުރެވޭ އަދަދެއްކަން ދެނެގަންނާނެ ލިޔުން ހުށަހަޅާފައި ނުހުރުން
  • ލޯނު ދޭން އިއުލާނު ކޮށްފައި އޮންނަ ގައުމު ނޫން އެހެން ގައުމަކަށް ދާން ބޭނުންވުމުން ދިމާވާ އިދާރީ ދަތިތައް
  • ޔުނިވާސިޓީން ލިބެން ބޭނުންވާ ލިޔުން ނުލިބި ހުރުން
  • ލިޔެކިޔުން ހަމަޖައްސަން ބޭނުންވާނެ ކަމަށް އަންދާޒާކޮށް ދަރިވަރުންނަށް އަންގާފައިވާ މުއްދަތު ނުލިބޭހާ ލަސްކޮށް ފައިސާ ލިބުމަށް އެދި ހުށަހެޅުން

އެއްވެސް ދަރިވަރަކަށް ފައިސާ ދޫކުރުމުގައި ލަސްކަމެއް ދިމާވެ ޔުނިވާސިޓީގެ ކިޔެވުމަށް ބުރޫ އަރާނަމަ މިނިސްޓްރީން އެ ޔުނިވާސިޓީތަކާ މުއާމަލާތްކޮށް ދަރިވަރަށް ފައިސާލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ