.webp&w=3840&q=75)
އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
# ޕޮލިޓެކްނިކް# ބީސީސީ# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ-
އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމަށް އަމާޒުކޮށް މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިދާރާގެ ސިއީއޯ، ޛޫޝާން ކަމާލުއްދީންއެވެ. އަދި ބީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ޗީފް ސްޓްރެޓެޖިކް އޮފިސަރ، މަރްޔަމް ނަޝާ އެވެ.
"އާރޓްސް އެންޑް ކަލްޗަރ ސެންޓަރު"ގެ ނަމުގައި، ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކަ ރައްކާތެރިކުރުމާއި، އުފެންދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތަށް ފަހިކޮއްދިނުމާއި، ޒުވާނުން ސަޤާފީ ކަންކަމަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ޤާއިމުކުރާ މި މަރުކަޒަކީ ބީސީސީއާއި ޕޮލިޓެކްނިކް އިން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަރުކަޒެކެވެ. އޮގޮތުން، މި މަރުކަޒާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މި މަރުކަޒުގައި ތަފާތު އެތަށް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިބަހާއި އަދަބިއްޔަތާއި ތާރީހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ދާއިރާ ދިރުވައި ޢާލާކުރުމުގެ އިތުރުން އެ ދާއިރާތަކުން އިޤްތިޞާދީ ނަފާ ހޯދުމަށް މަސައްކަތްކުރުމަކީ ރަޢީސުލް ޖުމުޙޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ މި މަސައްކަތް ތަންފީޒުކުރުމަށް އެޅިގެންދާ ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށް މަތީތައުލީމާ ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

މިނިސްޓަރު ހައިދަރު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް!

600 ޒުވާނުން ތަމްރީނުކުރުމަށް 18 ކޯހެއް ހިންގުމަށް ސޮއިކޮށްފި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ޤައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފި
