logoEN
cocacola
އިނގިރޭސިވިލާތާއި އެކު، ޓިވެޓް ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާކޮއްފި

އިނގިރޭސިވިލާތާއި އެކު، ޓިވެޓް ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާކޮއްފި

އަހުމަދު ޝުރާއު

logo

10/8/2024, 7:50:28 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

--

އިނގިރޭސިވިލާތާއި ދިވެހިރާއްޖެ އާއި ގުޅިގެން ޓިވެޓް ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާކޮއްފިއެވެ.

ގޮސިޔާ

އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އާއެކު ޓިވެޓް ޕްރޮގްރާމްތަށް ކުރިއަރުވައި، ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަދު މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

މި ބައްދަލުވުމުގައި ޓިވެޓް ޕްރޮގްރާމްތަށް ކުރިއަރުވައި، ހިންގުމަށް އަމާޒުކޮށް ދިރާސާކުރުމާއި، މި ޕްރޮގްރާމްތަށް މެދުވެރިކޮށް ޒުވާނުންގެ ހުނަރުވެރިން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މި ބައްދަލުވުމުގައި، އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ ފަރާތުން، ހައި ކޮމިޝަނަރ، މރ. މުޙައްމަދު ތައުފީގް ބައިވެރިވެވަޑައިގންނަވާފައިވާއިރު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން، އެ ވުޒާރާގެ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ