logoEN
cocacola
ބަނޑިދޫގައި އަންހެނުންނަށް ޙާއްސަ ކަރަންޓު ވޯކްޝޮޕެއް ބާއްވައިފި

ބަނޑިދޫގައި އަންހެނުންނަށް ޙާއްސަ ކަރަންޓު ވޯކްޝޮޕެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

10/8/2024, 7:03:25 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

--

މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) އަދި ދ.ބަނޑިދޫ ކައުންސިލުން ގުޅިގެން، އެ ރަށުގައި އަންހެނުންނަށް ޙާއްސަ ކަރަންޓާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

ގޮސިޔާ

މި އޮކްޓޯބަރ މަހުގެ 5 ކުން 7ކަށް، ބޭއްވި މި ވޯކްޝޮޕަކީ، ކަރަންޓައި ބެހޭ އަސާސީ މަޢުލުމާތުގެ އިތުރުން އަމަލީ ގޮތުން ވެސް ތަމްރީނު ވުމަށް ހުޅުވައިލެވުނު ފުރުސަތެކެވެ. އެގޮތުން، މަސައްކަތުގެ މައިދާނުގައި އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ކަރަންޓުގެ ބޭނުންކުރަމުންދާ އިރު ސަމާލުކަން ދިނުން މުޙިއްމު ކަންކަމާއި ކަރަންޓާއި ގުޅޭ އެކި އެކި މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ވެސް މި ވޯކްޝޮޕްގައި ވަނީ މަޢުލުމާތު ހިއްސާކޮއްފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރާ މީރީ ޕްރޮޖެކްޓުން އަންނަނީ ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ އެތަށް ތަމްރީނު ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަށް ހިންގަމުންނެވެ. އަދި މިދަފަ ހަރަކާތްތަކުގައި، އަންހެނުންނާއި އަންހެންކުދިން ބައިވެރިވާ އަދަދު އިތުރުކުރުމައްޓަކައި މީރީ އިން ދަނީ ޕްރޮޖެކްޓް ފޮރ ޖެންޑަރ އެކްޝަން ޕްލޭންގެ ދަށުން، އެކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ތަފާތު ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ