logoEN
cocacola
10 މަސް ދުވަހުން 234 ޒުވާން ޚަތީބުން ތަމްރީންކޮށްފި

10 މަސް ދުވަހުން 234 ޒުވާން ޚަތީބުން ތަމްރީންކޮށްފި

# އިސްލާމިކް މިނިސްޓްރީ

-

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 234 ޒުވާން ޚަޠީބުން ތަމްރީންކޮށްފި އެވެ.

ގޮސިޔާ

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ, ޝަހީމް އަލީ ސައީދު ވަނީ މިކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިއަދު މުޖުތަމަޢުން ބަލައިގެންފައިވާ ޕްރޮގުރާމެއްކަމަށާއި، ރަށްރަށުގެ ކައުންސިލްތަކުން ޒުވާން ޚަޠީބުންނަށް މަރުޙަބާ ދަންނަވާ، ބޮޑެތި ޖަމާޢަތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަމުން ގެންދަވާކަމަށާއި، މި ޕްރޮގުރާމަކީ ގިނަ ރަށްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޕްރޮގުރާމެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއެކު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ރަށްތަކުގައި ޚަޠީބުން މުސްކުޅުކުރައްވާފައިވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ޚަޠީބުންގެ ދަތިކަން ހުރިކަން ފާހަގަކުރެއްވުނު ކަމަށާއި، ޒުވާން ޖީލެއް މިކަމުގެ ތެރެއަށް ނެރެދެއްވުމަށް ފެއްޓެވި މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެ ބެޗެއްް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ބެޗުގައި 65 ޒުވާން ޚަޠީބުން އަދި ދެވަނަ ބެޗުގައި 169 ޒުވާން ޚަޠީބުންވަނީ ތަމްރީން ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވަޒީރު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ