logoEN
cocacola
އޯއައިސީގެ ފިގުހު އެކަޑަމީގެ މެންބަރަކަށް މިނިސްޓަރު ޝަހީމް

އޯއައިސީގެ ފިގުހު އެކަޑަމީގެ މެންބަރަކަށް މިނިސްޓަރު ޝަހީމް

އަލްފާ އަލީ

logo

8/21/2024, 8:39:33 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމިކް މިނިސްޓްރީ

-

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފި އެވެ.

ގޮސިޔާ

އިސްކާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެމަނިކުފާނު މި މަގާމަށް އައްޔަންކުރައްވާފައިވަނީ, 8 އޮގަސްޓް 2024 ގައި ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައި ކަމަށްވެސް އިސްކާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ވަޒީރު ޝަހީމް ވަނީ މީގެ ކުރިންވެސް އޯއައިސީގެ އިސްމަގާމުތަކެއް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިސްވެރިޔާގެ މަގާމު ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ