logoEN
cocacola
'މަވައްދަތު'ގެ ފުރަތަމަ ފޯރަމް ބާއްވައިފި

'މަވައްދަތު'ގެ ފުރަތަމަ ފޯރަމް ބާއްވައިފި

އަލްފާ އަލީ

logo

8/17/2024, 2:17:29 PM

# އިސްލާމިކް މިނިސްޓްރީ

-

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުވުމަށް 'މަވައްދަތު'ގެ ނަމުގައި ފުރަތަމަ ފޯރަމް ބާއްވައިފިއެވެ.

ގޮސިޔާ

ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ މި ފޯރަމްގައި މަޢުލޫމާތުދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި ފޯރަމްގައި ގިނަ ބަޔަކު ބައިވެރިވެލައްވާފައިވެއެވެ. ރޭގެ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ""ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ.

ކައިވެންޏާއި ގުޅޭ އެކި މަޢުޟޫއުއަށް މި ފޯރަމް ކުރިއަށް އޮތްތާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ މިނިސްޓަރުކަމުގައި ރާއްޖޭގައި ދިނީ އިލްމު އިތުރުަށް ފެތުރުމަށާއި ދީނަށް ރައްޔިތުންގެ ހިތުގައި ލޯބި ޖައްސައި ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތަފާތު އެކި ނަންނަމުގައި އެކި އިޖްތިމާއީ މައްސަލަތަކާއި ގުޅޭެގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް މީގެ ކުރިންވެސް ވަނީ ގިނަ ފޯރަމްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ