logoEN
cocacola
"ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

# ދިވެހި ކުޅިވަރު

-

ގދ. ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ގައްދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެ ބާއްވާ މި މުބާރާތަކީ މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުބާރާތެކެވެ. މީގެ އިތުރުން ހާއްސަ ދައުވަތަކާއެކު ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޓީމުތަކަށްވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިވަކިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 2024 ނޮވެމްބަރ 10ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަލީ 2024 ނޮވެމްބަރ 25 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

2023 ވަނަ އަހަރުވެސް ގައްދޫ ކައުންސިލުން ވަނީ ކާމިޔާބު ވޮލީ މުބާރާތެއް ބާއްވާފައެވެ. މިއަހަރުގެ މުބާރާތުގެ އަންހެ އަދި ފިރިހެން ޑިވިޝަންގެ ތެރެއިން ކޮންމެ ޑިވިޝަނަކުންވެސް އެއްވަނަ ޓީމަށް 55,000ރ ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ކޮންމެ ޑިވިޝަނަކުންވެސް ދެވަނަ ހޯދާ ޓީމަށް 25,000ރ ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9111005 ނަންބަރަށް ގުޅުއްވުމަށް ގައްދޫ ކައުންސިލް އިދާރާއިން ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ