logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ސްޓެލްކޯ ބަލިކޮށް އެމްއޯއީ ޗެންޕިއަންކަން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ސްޓެލްކޯ ބަލިކޮށް އެމްއޯއީ ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

9/17/2024, 5:09:49 PM

# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # އަންހެން ދެވަނަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސް

އެމްއޯއީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ .. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ފައިނަލުގައި މިރޭ މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އާއި ސްޓެލްކޯ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 17-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްއޯއީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

އެމްއޯއީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 17-27 ގެ ނަތީޖާއަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ( އެމްސީއެސް ) ބަލިކުރުމަށްފަހު އެވެ. އަދި ސްޓެލްކޯ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 16-15 ގެ ނަތީޖާއަކުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 6-9 ގެ ނަތީޖައަކުން އެމްއޯއީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވަނީ އިތުރު އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެމްއޯއީގެ ރިޒްނާ މުހައްމަދު ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަރިޔަމް މަނާލް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ޝާމާ ޝަރީފް، އައިޝަތު އާނާ ފަތުހުﷲ އަދި މަރިޔަމް މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާތުމަތު މާއިސާ އެވެ.

މީގެ އިތުރުން މިމެޗުގައި ސްޓެލްކޯގެ ހަލީމަތު ހަސްނާ އަދި ފާތުމަތު ތުހުފާ މިއިން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޔަސްފާ އާދަމް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޯއީގެ ފާތުމަތު ރީމާ އިބްރާހިމް އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ