



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



--
ގއ ވިލިނގިލީގައި ކުރިޔަށްދާ 50 ހައުސިންގ ޔުނިޓު މަޝްރޫއުގެ އަދާހަމަ މައުލޫމާތު ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އެވުޒާރާއިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން މިހާރު 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މަޝްރޫއު ވީ އެންމެ އަވަހަކަށް ނިންމުމަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާބާދީ އިތުރުވަމުން އަންނަ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ. އަދި މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
ވިލިނގިލީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މިއީ 700 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. އެގޮތުން ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނައާއި، ސިޓީންރޫމް، ބަދިގެ، ކާގެ، ބެލްކަނީ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.




.jpg?w=3840&q=75)
.jpg?w=3840&q=75)


