logoEN
cocacola
ލުބުނާނުގައި ޕޭޖަރުތަކެއް ހެކްކޮށް ދިން ހަމަލާ: ޒަހަމްވި މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް!

ލުބުނާނުގައި ޕޭޖަރުތަކެއް ހެކްކޮށް ދިން ހަމަލާ: ޒަހަމްވި މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް!

އަހުމަދު ޝުރާއު

logo

9/17/2024, 4:03:59 PM

# ހިޒްބުالله

ޔަހޫދީ އިޒްރޭލު އަސްކަރިއްޔާއިން ލުބުނާނުގައި މުވާސަލާތް ކުރުމަށް ގެންގުޅޭ އާލަތެއް ކަމަށްވާ ޕޭޖަރު ގެންގުޅޭ މީހުންންގެ ޕޭޖަރުތައް ހެކްކޮށް ދިން ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް ލުބުނާނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގޮސިޔާ

ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ފިރާސް އަބިއާދު ދާދި ދެންމެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ޔަހޫދީން އަޑީގައި ތިބެ ދިން ކަމަށް ބެލެވޭ މި ހަމަލާގައި މިހާތަނަށް 2750 އަށްވުރެ ގިނަ މީހުން ޒަހަމްވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އަދި މިހަމަލާގައި މިހާތަނަށް 8 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 8 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ ޒަހަމްތަކުގެ ތެރެއިން އެންމެ ގިނައީ މޫނު ނުވަތަ އަތަށް - އަދި ބައެއް ހާލަތްތަކުގައި ބަނޑަށް ވެސް ލިބިފައިވާ ޒަހަމްތައް ކަމަށެވެ. މި ހަމަލާގައި ޒަހަމްވި މީހުންނަށް އެގައުމުގެ 100 އަށްވުރެ ގިނަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަންވެސް ވަނީ ހާމަކޮށްފައެވެ.

ހިޒްބުاللهގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެޖަމާއަތުގެ އިސް އޮފިޝަލުން ތަކެއް މުވާސަލާތް ކުރުމަށް ގެންގުޅުނު ޕެޖަރުތައް ގޮއްވާލާފައިވަނީ ހެކްކޮށްގެންނެނެވެ. މި ހަމަލާއާއި ގުޅިގެން ހިޒްބުالله އިން ތުހުމަތު ކުރަނީ ޔަހޫދީ އިޒްރޭލަށެވެ.

ހިޒްބުالله ގެ އޮފިޝަލް ވިދާޅުވީގޮތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން އިސްރާއީލާ އެކު ބޯޑަރު ހުރަސްކޮށް ދެމުން އަންނަ ހަމަލާތަކުގައި ތެރެއިން މިއަދުގެ ހަމަލާއަކީ އެ ޖަމާއަތުން ތަޖުރިބާކުރި އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް" ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ބެއިރޫތުން ރިޕޯޓް ކުރާ އަލްޖަޒީރާގެ ޒީނާ ޚުދްރް ވިދާޅުވީ އެ ޑިވައިސްތައް ހެކްކޮށް ގޮއްވާލާފައިވަނީ ކޯޑިނޭޓެޑް ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ