logoEN
cocacola
ލުބުނާނުގައި ވަރުގަދަ ހަމަލާއެއް, 1200 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި!

ލުބުނާނުގައި ވަރުގަދަ ހަމަލާއެއް, 1200 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި!

އަހުމަދު ޝުރާއު

logo

9/17/2024, 3:25:41 PM

# ހިޒްބުالله

--

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން މުއާމަލާތް ކުރަން ގެންގުޅޭ ޑިވައިސްތަކެއް ހެކްކޮށް އެތަކެތި ގޮއްވާލުމާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.

ގޮސިޔާ

ހިޒްބުاللهގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެޖަމާއަތުގެ އިސް އޮފިޝަލުން ތަކެއް މުވާސަލާތް ކުރުމަށް ގެންގުޅުނު ޕެޖަރުތައް ގޮއްވާލާފައިވަނީ ހެކްކޮށްގެންނެނެވެ. މި ހަމަލާއާއި ގުޅިގެން ހިޒްބުالله އިން ތުހުމަތު ކުރަނީ ޔަހޫދީ އިޒްރޭލަށެވެ.

ހިޒްބުالله ގެ އޮފިޝަލް ވިދާޅުވީގޮތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން އިސްރާއީލާ އެކު ބޯޑަރު ހުރަސްކޮށް ދެމުން އަންނަ ހަމަލާތަކުގައި ތެރެއިން މިއަދުގެ ހަމަލާއަކީ އެ ޖަމާއަތުން ތަޖުރިބާކުރި އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް" ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ބެއިރޫތުން ރިޕޯޓް ކުރާ އަލްޖަޒީރާގެ ޒީނާ ޚުދްރް ވިދާޅުވީ އެ ޑިވައިސްތައް ހެކްކޮށް ގޮއްވާލާފައިވަނީ ކޯޑިނޭޓެޑް ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ