logoEN
cocacola
ލުބުނާނުގައި ޕޭޖަރުތައް ހެކްކޮށް ދިން ހަމަލާ: ޝަހީދުވި މީހުންގެ އަދަދު 8 އަށް, ކުޑަ އަންހެންކުއްޖަކުވެސް ހިމެނޭ!

ލުބުނާނުގައި ޕޭޖަރުތައް ހެކްކޮށް ދިން ހަމަލާ: ޝަހީދުވި މީހުންގެ އަދަދު 8 އަށް, ކުޑަ އަންހެންކުއްޖަކުވެސް ހިމެނޭ!

އަހުމަދު ޝުރާއު

logo

9/17/2024, 3:38:25 PM

# ހިޒްބުالله

--

ޔަހޫދީ އިޒްރޭލު އަސްކަރިއްޔާއިން ލުބުނާނުގައި މުވާސަލާތް ކުރުމަށް ގެންގުޅޭ އާލަތެއް ކަމަށްވާ ޕޭޖަރު ގެންގުޅޭ މީހުންންގެ ޕޭޖަރުތައް ހެކްކޮށް ދިން ހަމަލާގައި 8 މީހަކު ޝަހީދުވެއްޖެ އެވެ.

ގޮސިޔާ

ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ފިރާސް އަބިއާދު ދާދި ދެންމެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ޕެޖަރުތައް ގޮއްވާލައިގެން އަށް މީހުން ޝަހީދުވެ 2،750 މީހުން ޒަހަމްވެފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.

އަދި މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހިމެނޭކަންވެސް އޭނާ ވަނީ އިއުލާނުކުރައްވާފައި އެވެ.

އެގައުމުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ވަނީ ހޮސްޕިޓަލްތަަކަށް އިލްތިމާސްކޮށް ބަޔާނެއް ނެރެ ، "ޒަހަމްވި މީހުން ހޯދައި، މިނިސްޓްރީގެ ހަރަދުގައި އެ މީހުންނަށް އަވަސް ފަރުވާ ދޭން ޖެހޭ" ކަމަށް ބުނެފަ އެވެ. އަދި "ހޮސްޕިޓަލްތަކަށް ބަދަލުކުރަމުންދާ ގިނަ އަދަދެއްގެ މީހުންނަށް އިމަޖެންސީގައި ފަރުވާ ދިނުމަށް އެހީތެރިވުމުގެ ގޮތުން" ސިއްހީ ހިދުމަތްތެރިން މަސައްކަތުގެ މާހައުލަށް ދިއުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަދި މަގުމަތީގައި އުޅޭ ރައްޔިތުން އެމްބިއުލާންސްތަކަށް މަގު ފަހިކޮށްދެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޒްބުاللهގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެޖަމާއަތުގެ އިސް އޮފިޝަލުން ތަކެއް މުވާސަލާތް ކުރުމަށް ގެންގުޅުނު ޕެޖަރުތައް ގޮއްވާލާފައިވަނީ ހެކްކޮށްގެންނެނެވެ. މި ހަމަލާއާއި ގުޅިގެން ހިޒްބުالله އިން ތުހުމަތު ކުރަނީ ޔަހޫދީ އިޒްރޭލަށެވެ.

ހިޒްބުالله ގެ އޮފިޝަލް ވިދާޅުވީގޮތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން އިސްރާއީލާ އެކު ބޯޑަރު ހުރަސްކޮށް ދެމުން އަންނަ ހަމަލާތަކުގައި ތެރެއިން މިއަދުގެ ހަމަލާއަކީ އެ ޖަމާއަތުން ތަޖުރިބާކުރި އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް" ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ބެއިރޫތުން ރިޕޯޓް ކުރާ އަލްޖަޒީރާގެ ޒީނާ ޚުދްރް ވިދާޅުވީ އެ ޑިވައިސްތައް ހެކްކޮށް ގޮއްވާލާފައިވަނީ ކޯޑިނޭޓެޑް ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ