logoEN
cocacola
ހިޒްބުالله ގެ ހަނގުރާމަވެރިންގެ ޕޭޖަރުތައް ހެކްކޮށް ދިން ހަމަލާގައި ލުބުނާނުގައި ހުންނަ އިރާނުގެ ސަފީރުވެސް ޒަހަމްވި!

ހިޒްބުالله ގެ ހަނގުރާމަވެރިންގެ ޕޭޖަރުތައް ހެކްކޮށް ދިން ހަމަލާގައި ލުބުނާނުގައި ހުންނަ އިރާނުގެ ސަފީރުވެސް ޒަހަމްވި!

އަހުމަދު ޝުރާއު

logo

9/17/2024, 3:30:46 PM

# ހިޒްބުالله

--

ޔަހޫދީ އިޒްރޭލު އަޑީގައި އޮވެ ހިޒްބުالله ގެ ހަނގުރާމަވެރިން މުވާސަލާތް ކުރުމަށް ގެންގުޅޭ އާލަތްތަކެއް ހެކްކޮށް ދިން ހަމަލާގައި ލުބުނާނުގައި ހުންނަ އިރާނުގެ ސަފީރަށްވެސް ޒަހަމްވެފައިވާ ކަމަށް އިރާނުގެ ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ލުބުނާނުގައި ހުންނަ އީރާނުގެ އެމްބަސީ އާއި އިރާނުގެ ދައުލަތުގެ ޓީވީން ވަނީ މިއަދު ހެކްކޮށް ގޮއްވާލި ގިނަ އަދަދެއްގެ ޕޭޖަރުތަކުގެ ތެރެއިން އެއް ޕޭޖަރު ލުބުނާނުގައި ހުންނަ އިރާނުގެ ސަފީރު މުޖްތަބާ އަމާނީ ބޭނުންކުރި ކަމަށް ބުނެފައި އެވެ. އަދި އޭނާ ގެންގުޅުނު ޕޭޖަރުވެސް ހެކްކޮށް ގޮއްވާލި ކަމަށާއި މި ހަމަލާގައި އޭނާއަށް ޒަހަމްތަކެއް ވެފައިވާ ކަންވެސް ކަށަވަރުކޮށްދީފައި އެވެ.

މުޖްތަބާ އަމާނީއަށް ލުބުނު އަނިޔާތައް ސީރިއަސް ނޫން ކަމަށް އިރާނުގެ ރިޕޯޓުތައް ބުނެއެވެ.

ބެއިރޫތުގައި ހުންނަ އީރާނުގެ ދައުލަތުގެ ޓީވީ ރިޕޯޓަރަކު ބުނީ ލުބުނާނުގެ އެކި ސަރަހައްދުތަކުގައި މުވާސަލާތީ ވަސީލަތްތައް ގޮއްވާލާފައިވާ ކަމަށާއި އޭގެ ތެރޭގައި އިޒްރޭލުގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ސަރަހައްދާއި އިރުމަތީގައި ބެކާ ހިމެނޭ ކަމަށެވެ.

މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި އާންމުން ވެސް ހިމެނެ އެވެ. އެގޮތުން މިވަގުތާއި ހަމައަށް ޖުމުލަ 2700 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ރިޕޯޓުތައް ބުނެއެވެ.

ހިޒްބުاللهގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެޖަމާއަތުގެ އިސް އޮފިޝަލުން ތަކެއް މުވާސަލާތް ކުރުމަށް ގެންގުޅުނު ޕެޖަރުތައް ގޮއްވާލާފައިވަނީ ހެކްކޮށްގެންނެނެވެ. މި ހަމަލާއާއި ގުޅިގެން ހިޒްބުالله އިން ތުހުމަތު ކުރަނީ ޔަހޫދީ އިޒްރޭލަށެވެ.

ހިޒްބުالله ގެ އޮފިޝަލް ވިދާޅުވީގޮތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން އިސްރާއީލާ އެކު ބޯޑަރު ހުރަސްކޮށް ދެމުން އަންނަ ހަމަލާތަކުގައި ތެރެއިން މިއަދުގެ ހަމަލާއަކީ އެ ޖަމާއަތުން ތަޖުރިބާކުރި އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް" ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ބެއިރޫތުން ރިޕޯޓް ކުރާ އަލްޖަޒީރާގެ ޒީނާ ޚުދްރް ވިދާޅުވީ އެ ޑިވައިސްތައް ހެކްކޮށް ގޮއްވާލާފައިވަނީ ކޯޑިނޭޓެޑް ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ