logoEN
cocacola
ސިއްހީ ދާއިރާއާއި ގުޅޭ  ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް!

ސިއްހީ ދާއިރާއާއި ގުޅޭ ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް!

އަހުމަދު ޝުރާއު

logo

9/17/2024, 3:58:57 PM

# ހެލްތު މިނިސްޓްރީ

--

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް އެކުލަވާލާފައިވާ "މާހަރާ" ޕޯޓަލް މިއަދު އިފްތިތާހު ކޮށްފިއެވެ.

ގޮސިޔާ

މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރ ޑޮކްޓަރ އައިމިނަތު ޖަމީލް އެވެ.

މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމުން ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަކީ ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ޕޯޓަލްއަކީ ތައްޔާރުކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކުގައެވެ.

ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް އާއި މިނިސްޓްރީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ.

މިދުވަހުގެ މި އަހަރުގެ ޝިޢާރަކީ 'ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން' އެވެ. މީގެ އިތުރުން، މި ޝިޢާރުގެ ސްލޯގަން އަކީ 'ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން' މިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ