logoEN
cocacola
ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި

ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރެވޭ ގޮތް ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

9/12/2024, 12:32:31 PM

# ހެލްތު މިނިސްޓްރީ

--

ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

ޑަބްލިޔުއެޗްއޯ އިން މިއަދު ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ. މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ.ޕަޑްމަލް ޑި ސިލްވަރ އެވެ.

އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ އެވެ.

އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.

މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ