
ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!
# ޕީޕީއެމް/ޕީއެންސީ--
ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ޕީއެންސީން މިއަދު ބުނީ މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް އެޕާޓީގެ ވަފުތެއް ކުރާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ކަމަށެވެ..
އެގޮތުން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރައްވާނެ ކަމަށާއި އެ ޒިޔާރަތުގެ ތެރޭގައި އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރައްވަންވަނީ ހަމަޖެހިފައި ކަމަށް ޕީއެންސީން ބުނެއެވެ.
އޭގެ އިތުރަށް މި ދަތުރުގައި ކޮންގްރެސްގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރައްވައި އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދެއްވާ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޗައިނާގެ އެކި ސިޓީތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ކުރިއަށްދާނެކަންވެސް އެޕާޓީން ހާމަކުރެއެވެ.
މި ދަތުރުގެ މަޤުޞަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން ކަމަށް ޕީއެންސީން ބުނެއެވެ.
މިއީ ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށް ޕީއެންސީގެ ވަފުދުން ކުރާ ދަތުރެކެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
