logoEN
cocacola
ވެމްކޯގެ ޑީއެމްޑީއަކަށް ނާއިފު!

ވެމްކޯގެ ޑީއެމްޑީއަކަށް ނާއިފު!

އަހުމަދު ޝުރާއު

logo

9/17/2024, 10:10:30 AM

# ވެމްކޯ

ވެމްކޯގެ އެމްޑީއާއި ދެ ޑީއެމްޑީން

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ އައު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) ގެ މަގާމަށް ލ. ފޮނަދޫ ބަގީޗާގޭ އިބްރާހިމް ނާއިފު އައްޔަނުކޮށްފި އެވެ.

ގޮސިޔާ

ވެމްކޯގެ ޑީއެމްޑީއަކަށް ނާއިފު އައްޔަނުކުރީ މިއަދުގެ ވަގުތެއްގައި އެވެ. އެގޮތުން މިއަދު ވެމްކޯގެ މައި އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެކުންފުނީގެެ އިސްވެރިން ވަނީ ނާއިފްއަށް މަރުހަބާ ދަންނަވާފައި އެވެ.

ނާއިފު އަކީ ވެމްކޯގެ ދެވަނަ ޑީއެމްޑީއެވެ. އެގޮތުން މިހާރުވެސް އެކުންފުނީގެ ޑީއެމްޑީއެއްގެ ގޮތުގައި ޝަހީދް އިބްރާހިމް ހުންނަވައެވެ.

ނާއިފު މީގެ ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމުގައި އެވެ. ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީއަކަށް ދާދި ފަހުން ވެމްކޯގެ ކުރީގެ ޑީއެމްޑީއެއް ކަމަށްވާ މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ އައްޔަނުކުރައްވާފައި އެވެ.

ނާއިފު ފެނަކައިގެ ޑީއެމްޑީގެ މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓް މަސް ތެރޭގައެވެ. އަދި ރުކުމާ ފެނަކައިގެ ޑީއެމްޑީއަކަށް ހަމަޖެއްސީވެސް މިިދިޔަ މަހުގެ ތެރޭގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ