logoEN
cocacola
ޕޯލީއޯ ވެކްސިންގެ ފުރަތަމަ ޑޯޒް ޣައްޒާގެ 90 އިންސައްތައަށް ދެވިއްޖެ - އަންރުވާ

ޕޯލީއޯ ވެކްސިންގެ ފުރަތަމަ ޑޯޒް ޣައްޒާގެ 90 އިންސައްތައަށް ދެވިއްޖެ - އަންރުވާ

އަހުމަދު ޝުރާއު

logo

9/16/2024, 12:30:24 PM

# ޣައްޒާ

--

ޕޯލީއޯ ވެކްސިންގެ ފުރަތަމަ ޑޯޒް ޣައްޒާގެ 90 އިންސައްތަ ކުޑަކުދިންނަށް ދެވިފައިވާކަމަށް ޔޫއެންއާރްޑަބްލިއުއޭ އިން ބުނެފި އެވެ.

ގޮސިޔާ

ޔޫއެންއާރްޑަބްލިއުއޭގެ ޗީފް ފިލިޕް ލަޒާރިނީ ވިދާޅުވީ ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕެއިންގެ ފުރަތަމަ ފިޔަވަހީގައި ހަނގުރާމައިގެ ތެރޭގައިވެސް 90 އިންސައްތަ ކުޑަކުދިންނަށް ދެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދެން އޮތް ގޮންޖެހުމަކީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ކުޑަކުދިންނަށް ދެވަނަ ޑޯޒް ދިނުން،" ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުން އާކުރައްވަމުން ފިލިޕް ލަޒާރިނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވެކްސިން ކެމްޕެއިންގެ 12 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 900 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

ހަނގުރާމައިގެ ތެރޭގައި އޮތް ޣައްޒާގައި ހަލުވި ކަމާއި އެކު ޕޯލިއޯ ފެތުރެމުންދާތި ޣައްޒާގައި ޕޯލިއޯ ވެކްސިނޭޝަން ޕްރޮގްރާމެއް އދ ގެ ކަމާބެހޭ ޖަމިއްޔާތަކުން ފެށީ މިމަހުގެ 1 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ