logoEN
cocacola
ހީރާމަންދީގެ ބިއްބޯޖާން ކައިވެނިކޮށްފި

ހީރާމަންދީގެ ބިއްބޯޖާން ކައިވެނިކޮށްފި

ސާރާ އަހުމަދު

logo

9/16/2024, 10:53:40 AM

# ބޮލީވުޑް

--

މަޝްހޫރު ސީރީސް ހީރާމަންދީގައި ބިއްބޯޖާންގެ ކެރެކްޓަރ އިން ފެނިގެންދިޔަ އަދިތީ ރާއޯ ހައިދަރީ ކައިވެނިކޮށްފިއެވެ.

ގޮސިޔާ

އޭނާ ކައިވެނިކޮށްފައިވަނީ އެކްޓަރ ސިދާތު އާއިއެވެ. އެގޮތުން އެދެ ތަރިންގެ ކައިވެނި ކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެވެ.

މި ދެތަރިން ކައިވެނިކުރީ ދެކުނު އިންޑިއާގެ ކައިވެނީގެ އާދަކާދަތަކާ އެއްގޮތަށެވެ. އަދި މި ދެ ތަރިން ވަނީ އެ މީހުންގެ ކައިވެނީގެ ހަފްލާގެ ފުރަތަމަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ޕޯސްޓު ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމީހުންގެ ރައްޓެހިންނާއި ފޭނުން ވަނީ ކޮމެންޓް ސެކްޝަނުގައި އެމީހުންގެ ލޯބި ހާމަކޮށްފައެވެ. މީގެ ތެރޭގައި ހީރާމަންދީގެ ކޯ-ސްޓާރުންވެސް ހިމެނެއެވެ. އެގޮތުން މަލިކާޖާން ގެ ރޯލުން ފެނިގެންދިޔަ މަނީޝާ ކޮއިރާލާ އާޢި ފަރީދާންގެ ރޯލު ކުޅުނު ސޮނާކްޝީ ސިންހާ ވަނީ އަދިތީގެ ކައިވެންޏަށް މަރުހަބާ ކިޔާފަ އެވެ.

ދާދި ފަހުން ވޯގް އަށް ދިން އިންޓަވިއުއެއްގައި އަދިތީ ވަނީ ސިދާތު އާ ކައިވެނި ކުރަން ރާވާފައިވާ ވާހަކަތައް ކިޔައިދީފަ އެވެ. "ކައިވެނީގެ ހަފްލާ މައިގަނޑު ގޮތެއްގައި ބައްޓަން ކުރާނީ ވާނާޕާތީގައި ހުންނަ 400 އަހަރުވީ ޓެމްޕަލެއްގެ ވަށައިގެން ކަމަށާއި އެއީ ދެމީހުންގެ އާއިލާއަށްވެސް ވަރަށް ތާރީހީ ތަނެއް" ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ