logoEN
cocacola
މާލޭގެ ބަޔެއް ތަންތަން ބަލާފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

މާލޭގެ ބަޔެއް ތަންތަން ބަލާފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

9/15/2024, 5:05:50 PM

# މޯލްޑިވްސް އިމިގްރޭޝަން

--

އިމިގްރޭޝަނުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮަޕަރޭޝަންގެ ތެރެއިން މާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އާއި 14 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ.

މި އޮަޕަރޭޝަންތަކާއި ގުޅިގެން އިމިގްރޭޝަުން ބުނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި 12 ސެޕްޓެންބަރު 2024 ގައި، މާލޭގެ 05 ގެއެއް ބަލައި 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

View post on Twitter

މީގެ އިތުރުން ހަމަ އެއޮޕަރޭޝަންގެ ތެރެއިން 14 ސެޕްޓެންބަރު 2024 ގައި، މާލޭގެ 05 ގެއެއް ބަލައި 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

View post on Twitter

މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފަވާއިރު އެ ކަހަލަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައިވެސް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ