logoEN
cocacola
ބިދޭސީން އުޅެމުން ދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން އައި 16 ބިދޭސީއަކު އަތުލައިގެންފި

ބިދޭސީން އުޅެމުން ދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން އައި 16 ބިދޭސީއަކު އަތުލައިގެންފި

އަހުމަދު ޝުރާއު

logo

9/18/2024, 5:01:28 PM

# މޯލްޑިވްސް އިމިގްރޭޝަން

--

ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތަކެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން އައި 16 ބިދޭސީއަކު އަތުލައިގެންފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިރޭ ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގެ މާފަންނުގައި ހުންނަ 04 ގެއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

މީގެތެރެއިން ބައެއް ތަންތަނަކީ، ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިއަ ތަންތަން ކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވަނީ ބުނެފައި އެވެ.އިމިގްރޭޝަނުން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް މި ތަންތަނުގައި އުޅެމުންދިއަ 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް މިމަހުގެ 12 ވަނަ ދުވަހު ވަނީ ފަށާފައި އެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފަވާއިރު އެ ކަހަލަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައިވެސް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ