logoEN
cocacola
ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން އައި 4 ބިދޭސީއަކު އަތުލައިގެންފި

ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން އައި 4 ބިދޭސީއަކު އަތުލައިގެންފި

އަހުމަދު ޝުރާއު

logo

9/16/2024, 11:56:11 AM

# މޯލްޑިވްސް އިމިގްރޭޝަން

--

ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން އައި 4 ބިދޭސީއަކު އަތުލައިގެންފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިއަދު ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލެއިން ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އަދި އެތަނުގައި ގަވާއިދާ ހިލާފަށް ތިބި 04 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް މިމަހުގެ 12 ވަނަ ދުވަހު ވަނީ ފަށާފައި އެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފަވާއިރު އެ ކަހަލަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައިވެސް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ