logoEN
cocacola
އިމިގްރޭޝަން ވޮޗް އަށް މިހާތަނަށް 626 މައްސަލަ!

އިމިގްރޭޝަން ވޮޗް އަށް މިހާތަނަށް 626 މައްސަލަ!

އަހުމަދު ޝުރާއު

logo

9/12/2024, 2:30:14 PM

# މޯލްޑިވްސް އިމިގްރޭޝަން

--

އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 626 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 626 ހުށައަޅާފަވާއިރު އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދަދަކީ 496އެވެ. މީގެ ތެރެއިން ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 105އަށް އަރާއިރު، އެ އިދާރާއާއި ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 25 ރިޕޯޓު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއާއެކު ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ މިހާތަނަށް 266 ތަނެއް ރެއިޑްކޮށް 3،542 ބިދޭސިއަކު ވަނީ ފުރުވާލާފައެވެ.

ޖުލައި މަހުގެ 17ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ.

މީގެއިތުރުން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް 24 ގަޑިއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ