logoEN
cocacola
 ރިޒްނާގެ 14 ލަނޑާއެކު އެމްސީއެސް ބަލިކޮށް އެމްއޯއީ ފައިނަލުން ޖާގަ ހޯދައިފި

ރިޒްނާގެ 14 ލަނޑާއެކު އެމްސީއެސް ބަލިކޮށް އެމްއޯއީ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

9/15/2024, 3:47:58 PM

# ހޭންޑްބޯލް މޯލްޑިވްސް# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # އަންހެން ދެވަނަ ޑިވިޝަން

އެމްއޯއީ އާއި އެންސީއެސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިރޭ މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ވާދަކުރި މެޗު 17-27 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އެމްއޯއީ ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

އެމްއޯއީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި 28-11 ގެ ނަތީޖާއަކުން ސަން ސިޔާމް ރިސޯޓް( އެސްއެސްއާރު) ބަލިކުރުމަށްފަހު އެވެ. އަދި އެމްސީއެސް ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 23-21 ގެ ނަތީޖާއަކުން ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޮޕަރޭޝަން (ސީއެޗްޑީސީ) ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތް ލަނޑުގެ ލީޑަކާއެކު 07-14 ގެ ނަތީޖައަކުން އެމްއޯއީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްސީއެސް އިން ވަނީ އިތުރު 10 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޯއީގެ ރިޒްނާ މުހައްމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 14 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުތުސަތު ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ