logoEN
cocacola
ފަހަތުން އަރައި ލަންކާ އެއަރފޯސް ކުލަބު ބަލިކޮށް ވެމްކޯ އިން މުބާރާތް ފެށީ އިތުބާރާއެކު

ފަހަތުން އަރައި ލަންކާ އެއަރފޯސް ކުލަބު ބަލިކޮށް ވެމްކޯ އިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

9/15/2024, 12:21:49 PM

# ކާވާ ވިމެންސް ކުލަބު ޗެންޕިއަންޝިޕް2024 # ދިވެހި ކުޅިވަރު # ކުލަބު ވެމްކޯ

ސްރީލަންކާ އެއަރފޯސް ޓީމާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ކުލަބު ވެމްކޯ

މިއަދު މާލޭގައި ފެށި "ކާވާ ވިމެންސް ކުލަބު ޗެންޕިއަންޝިޕް2024" ގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އާއި ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރފޯސް ކުލަބު ވާދަކުރި މެޗު ފަހަތުން އަރައި ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް ވެމްކޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިއަދު މެންދުރު މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްރީލަންކާ އެއަރފޯސް ކުލަބެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ވެމްކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ލީޑަކާއެކު 25-15 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ވެސް ލަންކާ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައި ވެމްކޯ އިން މިސެޓް ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.

15 ސެޕްޓެންބަރު 2024 އިން 21 ސެޕްޓެންބަރު 2024 އަށް މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބަރާތުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އަދި ރަނަރަޕް ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލްގެ ގައުމީ ޗެންޕިއަން ޕޮލިސް ކުލަބު، ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރ ފޯސް ކުލަބުގެ އިތުރުން އުޒްބެކިސްތާންގެ ހުމޯ ކްލަބް އަދި ތަޖިކިސްތާންގެ ވީކޭ ޑިއާމެޑް އެވެ. އަދި މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ހޯދާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ