logoEN
Sto top
ދޫހިމެރިގެ ތަޅާލުމަށްފަހު މަގު ހުޅުވައިފި

ދޫހިމެރިގެ ތަޅާލުމަށްފަހު މަގު ހުޅުވައިފި

އަލްފާ އަލީ

logo

9/15/2024, 10:58:56 AM

# އަލިފާނުގެ ހާދިސާ

-

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހ. ދޫހިމެރިގެ ތަޅާލުމަށް ފަހު, ދޫހިމެރި މަގު ހުޅުވާލާއިފި އެވެ.

Wamco

ސެޕްޓެމްބަރ މަހު 9ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ދޫހިމެރިގޭގައި ހިންގަމުން އައި "ގާމަގު" ކެފޭ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އިންވެގެން ހުރި އިމާރާތުގެ ދެ ފަންގިފިލާއަށްވެސް އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބިފައިވެއެވެ.

މި ޙާދިސާއަށް ފަހު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ. އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްކޮށްފައިވަނީ ދޫހިމެރިމަގު ބަންދުކޮށްގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside