logoEN
cocacola
ގައުމީ ޗެންޕިއަން ވެމްކޯގެ ޓާގެޓަކީ މުބާރާތުގެ ތަށި: ކޯޗު

ގައުމީ ޗެންޕިއަން ވެމްކޯގެ ޓާގެޓަކީ މުބާރާތުގެ ތަށި: ކޯޗު

ހަސަން ޝަމްއޫން

logo

9/14/2024, 9:57:17 PM

# ދިވެހި ކުޅިވަރު # ވެމްކޯ

ވެމްކޯގެ އަންހެން ވޮލީ ޓީމު...

މިއަދު މަލޭގައި ފެށުމަށް ހަމަޖެހިފައިވާ "ކާވާ ވިމެންސް ކުލަބު ޗެންޕިއަންޝިޕް 2024" ގައި ވާދަކުރާ ރާއްޖޭގެ އެންމެ ފަހުގެ ގައުމީ ޗެންޕިއަން ވެމްކޯގެ ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުންކަމަށް އެޓީމުން ބުނެފިއެވެ.

ގޮސިޔާ

ވެމްކޯގެ ކޯޗު އަހުމަދު އަދީލް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު ސްރީލަންކާގެ ޗެންޕިއަން އެއަރ ފޯސް ކުލަބާއި ދެކޮޅަށް އެޓީމުން ނުކުންނާނީ އިތުބާރާއެކުގައެވެ. އަސްލު އެކަށީގެވާ ވަގުތެއް ނުލިބޭ މިމުބާރާތަށް ތައްޔަލާތުވުމަށް .. ނަމަވެސް ޓީމުގެ ތިބި ކުޅުންތެރިންގެ ފެންވަރާއި މިވަގުތު ތިބި ފޯމަށް ބަލާއިރު، ވަރަށް އުންމީދު އެބައޮތް މިޓީމާއި މެދު...

އިތުރަށް ވާހަކަ ދައްކަމުން އަދީލް ބުނީ މިޓީމުގައި ނެޝަނަލް ޓީމުގެ ފަސް ކުޅުންތެރިން އެބަތިބި ކަމަށާއި އަދި އިތުރު ދެ ބިދޭސީ ކުޅުންތެރިން ޓީމާއި ގުޅުމަކީ ޓީމު އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއްކަމަށެވެ. ނަމަވެސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޖޫޒަން ގައުމީ ޓީމަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން މިމުބާރާތުގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، އުންމީދުކުރިނީ މުބާރާތުގެ ކޮންމެ ވެސް ހިސާބަކުން ޖޫޒަންގެ ބޭނުން ހިފޭނެކަމަށެވެ.

15 ސެޕްޓެންބަރު 2024 އިން 21 ސެޕްޓެންބަރު 2024 އަށް މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބަރާތުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އަދި ރަނަރަޕް ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލްގެ ގައުމީ ޗެންޕިއަން ޕޮލިސް ކުލަބު، ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރ ފޯސް ކުލަބުގެ އިތުރުން އުޒްބަކިސްތާނާއި ތަޖިކިސްތާނުގެ ދެ ކުލަބަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ހޯދާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ