ފަސޭހަކަމާއެކު އެބީސީ އެކަޑަމީ ބަލިކޮށް ހަަވަރު ސްޕޯޓްސް ކުލަބުން ފެށުން ރަގަނޅުކޮށްފި
ހަސަން ޝަމްއޫން
12/20/2024, 6:12:12 PM
ހަވަރު އެސްސީ އާއި އެޗުބީސީ އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
ތިނަދޫ ސިޓީގައި މިހާރު ކުރިއަށްދާ ގދ. އަތޮޅު ކައުންސިލް ބެޑްމިންޓަން މުބާރާތުގައި މިރޭ ހުވަދޫ ބެޑްމިންޓަން ކުލަބު އެކަޑަމީ (އެޗުބީސީ އެކަޑެމީ) އާއި ހަވަރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ފަސް ގޭމުން މޮޅުވެ ހަވަރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މިމެޗު މެންސް ސިންގަލް ގޭމުގައި އަހުމަދު މާޒު (އެޗުބީސީ އެކަޑެމީ) އާއި ސަންދީބް (ހަވަރު ސްޕޯޓްސް ކުލަބު) ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސަންދީބު އެވެ. މިގޭމުގައި ސަންދީބު ފުރަތަމަ ސެޓް 6-21 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ކާމިޔާބުކުރީ 7-27 ގެ ނަތީޖާއަކުންނެވެ.
މިމެޗު ވުމެންސް ސިންގަލް ގޭމުގައި އައިޝަތު އުލްޔާ (އެޗުބީސީ އެކަޑެމީ) އާއި އައިޝަތު އިބްރާހިމް (ހަވަރު ސްޕޯޓްސް ކުލަބު) ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޝަތު އިބްރާހިމް އެވެ. މިގޭމުގައި އައިޝަތު އިބްރާހިމް ފުރަތަމަ ސެޓް 5-21 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ކާމިޔާބުކުރީ 6-27 ގެ ނަތީޖާއަކުންނެވެ.
މިމެޗު މެންސް ޑަބަލްސް ގޭމުގައި އެޗުބީސީ އެކަޑެމީގެ އަހުމަދު ނަހުޒާމް އަދި އަހުމަދު މާޒު އާއި ހަވަރު ސްޕޯޓްސް ކުލަބުގެ މުހައްމަދު މުހައިމިން އަދި އިބްރާހިމް ރަޝީދު ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަވަރު ސްޕޯޓްސް ކުލަބުގެ ޕެއާ އެވެ. މިގޭމުގައި ފުރަތަމަ ސެޓް 9-21 ގެ ނަތީޖާއަކުން ހަވަރު ސްޕޯޓްސް ކުލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 11-21 ގެ ނަތީޖާއަކުން ނެވެ.
މިމެޗު ވުމެންސް ޑަބަލްސް ގޭމުގައި އެޗުބީސީ އެކަޑެމީގެ ފާތިމަތު ޔާނާ އަދި އައިޝަތު އުލްޔާ އާއި ހަވަރު ސްޕޯޓްސް ކުލަބުގެ ހަދީޖާ މުހައްމަދު އަދި އައިޝަތު އިބްރާހިމް ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަވަރު ސްޕޯޓްސް ކުލަބުގެ ޕެއާ އެވެ. މިގޭމުގައި ފުރަތަމަ ސެޓް 7-21 ގެ ނަތީޖާއަކުން ހަވަރު ސްޕޯޓްސް ކުލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 10-21 ގެ ނަތީޖާއަކުން ނެވެ.
މިމެޗު މިކްްސް ޑަބަލްސް ގޭމުގައި އެޗުބީސީ އެކަޑެމީގެ މުހައްމަދު މާއިން އަދި ފާތުމަތު ޔަނާ އާއި ހަވަރު ސްޕޯޓްސް ކުލަބުގެ އަހުމަދު ޒިޔާދުﷲ އަދި ހަދީޖާ މުހައްމަދު ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަވަރު ސްޕޯޓްސް ކުލަބުގެ ޕެއާ އެވެ. މިގޭމުގައި ފުރަތަމަ ސެޓް 4-21 ގެ ނަތީޖާއަކުން ހަވަރު ސްޕޯޓްސް ކުލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 9-21 ގެ ނަތީޖާއަކުން ނެވެ.
ޑިސެންބަރު 20 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަޑައަޅާފައިވާއިރު، މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމުންކުރެ ކޮންމެ ޓީމަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހުވަދޫ ބެޑްމިންޓަން ކުލަބުން ވަނީ ނިންމާފައެވެ.
މިމުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރިދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ބޭންކިންގް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި މެޑިކަލް ޕާޓްނަރަކަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްބަރުންނަކީ ހަތްތަރި ކެފޭ އަދި ޒިމަމަން ރެސްޓޯރެންޓެވެ. މީގެ އިތުރުން މުބާރާތުގެ ޓަރަވަލް ޕާޓްނާއަކަށް ވިލާ އެއަރ ހަމަޖައްސާފައިވާއިރު، މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.