logoEN
cocacola
އިންޑިއާގެ އިދިކޮޅު ލީޑަރު އަރްވިންދު ކެޖްރިވާލް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

އިންޑިއާގެ އިދިކޮޅު ލީޑަރު އަރްވިންދު ކެޖްރިވާލް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

އަހުމަދު ޝުރާއު

logo

9/13/2024, 11:48:39 AM

# އިންޑިއާ

--

ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިންޑިއާގެ އިދިކޮޅު ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން ހުއްދަ އަމުރުކޮަށްފި އެވެ.

ގޮސިޔާ

މިއަހަރުގެ އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ކޯލިޝަންގައި އިސްކޮށް އުޅުއްވި ކެޖްރިވާލް އެންމެ ފުރަތަމަ ހައްޔަރުކުރީ ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުން ދިޔަ ކޮރަޕްޝަންގެ ތަހުގީގަކާ ގުޅިގެން މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗުން ހުކުރު ދުވަހު ނެރުނު ހުކުމުގައި ބުނެފައި ވަނީ ކެޖްރިވާލް ހައްޔަރުކުރީ ގާނޫނި އިމުގެ ތެރެއިން ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ދެކޮޅަށް ވާދަކުރާއިރު އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

"ދިގު މުއްދަތަކަށް ޖަލަށް ލުމަކީ ނުހައްގުން މިނިވަންކަން ނިގުޅައިގަތުން،" ފަނޑިޔާރު ސޫރިޔާ ކާންޓް ވަނީ ކަފާލާތުގެ ދަށުން ހުކުމް އިއްވަމުން ވިދާޅުވެފައި އެވެ.

ކެޖްރިވާލް ދޫކޮށްލުމުން އޭނާގެ ޒަމާންވީ އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ ހިތްވަރު އިތުރުވެގެންދާނެ ކަމަށް ބެލެވެނީ އަންނަ މަހު އުތުރުގެ ސްޓޭޓެއް ކަމަށްވާ ހަރިޔާނާގައި ސަރަހައްދީ އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ކެޖްރިވާލް އަށް ލިބިގެންދާނެ ތީ އެވެ.

އޭނާގެ މައްޗަށް ތުހުމަތުތައް ކުރެވެނީ 2021 ވަނަ އަހަރު ރާ ވިއްކުން ލުއިކޮށްދިނުމުގެ ސިޔާސަތެއް ތަންފީޒުކޮށް، އެ ދާއިރާއިން ސަރުކާރުގެ ފައިދާހުރި ހިއްސާއެއް ދޫކޮށްލުމާ ގުޅިގެންނެވެ. ފެޑެރަލް ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން އޭޖެންސީ، ޑައިރެކްޓްރޭޓް އޮފް އެންފޯސްމަންޓް އިން ވަނީ ކެޖްރިވާލްގެ ޕާޓީ އާއި މިނިސްޓަރުން ރާ ކޮންޓްރެކްޓަރުންގެ އަތުން ރިޝްވަތުގެ ގޮތުގައި އެއް ބިލިއަން ރުޕީސް (12 މިލިއަން ޑޮލަރު) ނަގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކެޖްރިވާލް އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އާންމު އިންތިހާބުގެ ހަފުތާތަކެއް ކުރިން މާޗް މަހުގެ ތެރޭގަ އެވެ. ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިދިޔަ މެއި މަހު ވެސް ހަމަ އެކޯޓުން ވަނީ އޭނާ ވަގުތީ ގޮތުން ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

ކެޖްރިވާލް، 55، އާއި އޭއޭޕީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް ބުނެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ