logoEN
cocacola
ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޮކެޓު ހަމަލާއެއްދީފި

ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޮކެޓު ހަމަލާއެއްދީފި

އަހުމަދު ޝުރާއު

logo

9/13/2024, 11:23:26 AM

# ހިޒްބުالله

ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޮކެޓު ހަމަލާއެއްދީފި އެވެ.

ގޮސިޔާ

ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން ބުނީ އިސްރާއީލުގެ އުތުރުގައި އޮންނަ އަލް މަރްޖް އަސްކަރީ ސައިޓަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި އެ ޖަމާއަތުން ބުނީ ހަމަލާ ދީފައިވަނީ ސީދާ އަމާޒަށް ކަމަށް ބުނެ ހަމަލާ ދީފައި ވަނީ މިއަދު މެންދުރު ލުބުނާނު ގަޑިން 12:35 ހާއިރު ކަމަށެވެ.

އެ ޖަމާއަތުން މިކަން ހާމަކޮށްފައިމިވަނީ އިޒްރޭލުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ހަމަލާގެ ސައިރަންތަކުގެ އަޑު އިވުނު ކަން އިޒްރޭލުެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.

މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ޔަހޫދީ އަސްކަރިއްޔާއިން ބަހެއް ބުނެފައިނުވެއެވެ.

ހިޒްބުالله އިން ވަނީ އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިޒްރޭލު ސަރުކާރުގެ އިސްވެރިން ދަނީ ޣައްޒާ ހަނގުރާމަ ވަޑުޖައްސާލުމަށްފަހު ހަނގުރާމައިގެ ފޯކަސް ލުބުނާނަށް ބަދަލުކުރުމަށް ގޮވާލަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ