logoEN
cocacola
ޔަޝްމުގެ 11 ލަނޑާއެކު ސްޓެލްކޯ ކަޓުވާލުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ ސީއެޗްޑީސީއަށް

ޔަޝްމުގެ 11 ލަނޑާއެކު ސްޓެލްކޯ ކަޓުވާލުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ ސީއެޗްޑީސީއަށް

ހަސަން ޝަމްއޫން

logo

9/13/2024, 7:15:00 PM

# ދިވެހި ކުޅިވަރު # އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ފިރިހެން ދެވަނަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސް

ސީއެޗްޑީސީ އާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ސްޓެލްކޯ އާއި ކުލަބު ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (ސީއެޗްޑީސީ) ވާދަކުރި މެޗު 25-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ސީއެޗްޑީސީ އިން ހޯދައިފިއެވެ.

ގޮސިޔާ

ސްޓެލްކޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 19-17 ގެ ނަތީޖާއަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ބަލިކުރުމަށްފަހުއެވެ. އަދި ސީއެޗްޑީސީ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި ފަސޭހަކަމާއެކު 26-12 ގެ ނަތީޖާއަކުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސީއެޗްޑީސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތް ލަނޑުގެ ލީޑަކާއެކު 12-05 ގެ ނަތީޖާއަކުން ސީއެޗްޑީސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސްޓެލްކޯ އިން ވެސް ވަނީ އިތުރު ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ސީއެޗްޑީސީގެ މުހައްމަދު ޔަޝްމު އަހުމަދު 11 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހުސެއިން ފަހުމީ ފަސް ލަނޑު އަދި އަހުމަދު ރީހާން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ އަހުމަދު އަފްސަން އަދި ޝައިހާން ޝައުކަތު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މަމްދޫހު ޚަލީލް އެވެ.

މީގެ އިތުރުން މިމެޗުގައި ސްޓެލްކޯގެ އަހުމަދު ރައުލް ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ޝިޔާން ތިން ލަނޑު އަދި އަހުމަދު މަހީން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހުސެއިން އަބްދުލް މަޖީދު އަދި ހުސެއިން އިރުޝާން މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްޑީސީގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ