logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު އިމިގްރޭޝަން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެމްއެންޑީއެފްއަށް

ވާދަވެރި ކުޅުމަކަށްފަހު އިމިގްރޭޝަން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެމްއެންޑީއެފްއަށް

ހަސަން ޝަމްއޫން

logo

9/13/2024, 6:15:33 PM

# ދިވެހި ކުޅިވަރު # ފިރިހެން ދެވަނަ ޑިވިޝަން# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް

އެމްއެންޑީއެފް އާއި އިމިގްރޭޝަން ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އިމިގްރޭޝަން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 17-12 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްއެންޑީއެފް އިން ހޯދައިފިއެވެ.

ގޮސިޔާ

އެމްއެންޑީއެފް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 29-07 ގެ ނަތީޖާއަކުން ކޮމާޝަލް ބެންކް އޮފް މޯލްޑިވްސް (ސީބީއެމް) ބަލިކުރުމަށްފަހުއެވެ. އަދި އިމިގްރޭޝަން ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 29-25 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 8-5 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އިމިގްރޭޝަނުން ވެސް ވަނީ އިތުރު ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެމްއެންޑީއެފްގެ އަހުމަދު ނަޖީބު (ޑަންކް) ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ޝަމްވީލް ހަތަރު ލަނޑު އަދި މުހައްމަދު ޝަމްމާލް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ނާބިތު އިސްމާއިލް ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުސްތަފާ މުހައްމަދު އެވެ.

މީގެއިތުރުން މިމެޗުގައި އިމިގްރޭޝަން އަބްދުﷲ ޒަހުވާން އިމްތިޔާޒް ފަސް ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ސާއިފް ނައީމް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ޔޫސުފް ރިސްފާން އަދި އަހުމަދު ނޫހް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ ގޯލުކީޕަރު އަހުމަދު ނަވާޒް އެވެ.

މްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ