logoEN
cocacola
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކުރާ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅާނަން - ފުލުހުން

ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކުރާ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅާނަން - ފުލުހުން

އަހުމަދު ޝުރާއު

logo

9/12/2024, 1:37:48 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ބަރަހަނާ ފޮޓޯ އާއި ވީޑީއޯ ހިއްސާކުރަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކަށް ވަދެ ތިބި މީހުން ހޯދައި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ގޮސިޔާ

ފުލުހުން މިފަދައިން ހާމަކުރީ ދާދި ފަހުން މިފަދަ 571 ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނައުމާއި ގުޅިގެން އެކަމާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ މިފަދަ ޗެނަލްތަކަށް ފައިސާ ދައްކާ އަދި މިފަދަ ޗެނަލްތަކަށް ވަދެ ތިބުމަކީ ކުށެއް ކަމަށެވެ. އަދި އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތުގެ ގާނޫނީ ފްރޭމްވާކެއް އެބައޮތް ކަމަށާއި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމަށެވެ.

އެގޮތުން އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވައި އަޒީފް ވިދާލުވީ އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުލުހުން އަންނަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުން ކަމަށެވެ.

ދާދި ފަހުން އަތުލައިގަތް ޓެލެގްރާމް ޗެނަލްތަކަށް 34،680 މީހުން ސަބްސްކްރައިބް ކޮށްފައިވެ އެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ ނަހަމަގޮތުގައި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. 571 ޗެނަލްގެ މައްސަލާގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ރަބީހް (29އ) އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ