logoEN
cocacola
މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ހެކްކޮށްގެން މަކަރާއި ހީލަތުން އަތުލި ފައިސާތަކެއް 6 ގަޑިއިރުގެ ތެރޭގައި ހޯދައިފި

މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ހެކްކޮށްގެން މަކަރާއި ހީލަތުން އަތުލި ފައިސާތަކެއް 6 ގަޑިއިރުގެ ތެރޭގައި ހޯދައިފި

އަހުމަދު ޝުރާއު

logo

9/16/2024, 12:22:12 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ވަނީ ހޯދާފަި ކަމަށެވެ.

އެގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭ.ޓީ.އެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނުނު ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ