logoEN
cocacola
މޯލްޑިވްސް ވިމެން އިން ޕޮލިސިންގއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް!

މޯލްޑިވްސް ވިމެން އިން ޕޮލިސިންގއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް!

އަހުމަދު ޝުރާއު

logo

9/17/2024, 5:12:18 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މޯލްޑިވްސް ވިމެން އިން ޕޮލިސިންގއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ”ލޯތްބާއެކު” ގެ ނަމުގައި ފަށައިފިއެވެ.

ގޮސިޔާ

އެގޮތުން ބާއްވާ ފުރަތަމަ ހަރަކާތަކީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުން ބައިވެރިވެގެން މިއަދު ކުރިއަަށް ގެންދާ މި ހަރަކާތުގައި، 14:00 އިން 18:00 އަށް ޓްރެފިކް ބެލެހެއްޓުމާއި ރައްޔިތުންނާ ބައްދަލުކުރުމުގައި މަގުމަތީގައި ހަރަކާތްތެރިވަމުންދާނެއެވެ.

މި ހަރަކާތް އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދާނެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކުރުމާއި ރަށުގެ އެކި ހިސާބުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލުބަދަލުކުރާނެއެވެ.

މީގެ އިތުރުން، ގާލާ ނައިޓަކާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓެއްގެ އިތުރުން ރެސިލިއަންސް ބިލްޑިންގ ލީޑަރޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ