logoEN
cocacola
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

9/16/2024, 11:05:43 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލެ، ބޮޑުފުޅައް ގޯޅީގައި އޮތް ކާރެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ފުލުހުން ބުނީ ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ތުހުމަތުކުރެވިގެން ފުލުހުން ގޮސް އެކާރު ބަލައިފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ރަސުލް އުލާ ރިދޯއީ (30އ) ނަމަކަށް ކިޔާ ބިދޭސީއަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ