logoEN
cocacola
ދާއޫދު އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށްފި

ދާއޫދު އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށްފި

އަހުމަދު ޝުރާއު

logo

9/17/2024, 10:31:51 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށްފިއެވެ.

ގޮސިޔާ

ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ފުލުހުންގެ މައި އިދާރާގައި އޮތް ރަސްމިއްޔާތެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާނެވެ.

ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާ ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް ދާއޫދު އަދާކޮށްފައިވެއެވެ. ދާއޫދަކީ ހުޅުމާލޭ ފޮލިސް ސްޓޭޝަން ހެޑްވެސްމެއެވެ.

ފުލުހުންގެ އޭސީޕީގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވެސް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ