logoEN
cocacola
ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް ހަފްލާ މިއަހަރު ރާއްޖޭގައި!

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް ހަފްލާ މިއަހަރު ރާއްޖޭގައި!

އަހުމަދު ޝުރާއު

logo

9/12/2024, 12:50:51 PM

# ފިނޭންސް މިނިސްޓްރީ

--

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ގޮސިޔާ

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ކޮންމެ އަހަރަކު ތަފާތު ޤައުމެއްގައި، ބާއްވަމުން އަންނަ އިނާމުދިނުމުގެ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ވިލާ ނޮޓިކާ ގައެވެ.

މި އެވޯޑް ހަފްލާގެ އިތުރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓުވެސް ބޭއްވުމަށް ނިންމާފައިވަނީ ރާއްޖޭގެ ވިލާ ނޯޓިކާގައި އެވެ.

2011 ގައި ޝަރިއާ އެޑްވައިޒަރީ ފާރމެއް ކަމަށްވާ އެޑްބިޒް ކޯޕަރޭޝަނުން އިސްނަގައިގެން ފެށި މި ހަރަކާތް އަމާޒުކުރެވިފައިވަނީ އެކި ގައުމުތަކުގައި އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަރުވާ ބަވަނަކުރުމުގައި މަސައްކަތްކުރަމުން އަންނަ ޤައުމުތަކާއި، މުއައްސަސާތަކާއި، ފަރުދުންނަށެވެ.

ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ އަދި ބޭރުގެ އިންވެސްޓަރުންނަށް މާރކެޓް ކުރުމުގެ އަގުހުރި ފުރުސަތަކަށް މި ޙަފްލާ ވުމުގެ އިތުރުން އެއްތަނަކުން މި ދާއިރާގެ އިލްމީ އަދި ޕްރޮފެޝަނަލް މާހިރުންނާއި އަދި އެހެނިހެން މަސްލަހަތުވެރިންނާއި ގުޅުންބަދަހިކޮށް މުހިއްމު މަޝްވަރާތަކާއި މަޢުލޫމާތު ބަދަލުކުރެވޭނެ މަންސައަކަށްވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ މި ޙަފްލާގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޙަފްލާ ބާއްވާ ޤައުމު އިޚްތިޔާރުކުރެވެނީ އެޤައުމަކުން އިސްލާމިކް މާލީ ނިޒާމުގެ ހަރަކާތްތަކާއި ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތައް ވަޒަންކޮށް އެކަށޭނެ މިންވަރަކަށް އެގައުމަކުން ކުރިހޯދުމުންނެވެ. މިފަހަރު ދިވެހިރާއްޖޭގައި މި ޙަފްލާ ބޭއްވިގެން ދިޔުމަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ދިވެހިރާއްޖެ ކުރަމުންދާ މަސައްކަތް ދުނިޔަވީ ފެންވަރުގައި ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ