
ސުކޫކުގެ ކޫޕަން ޕޭމެންޓްގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި
# ސުކޫކް# ފިނޭންސް މިނިސްޓްރީ-
ދިވެހި ސަރުކާރުން ވިއްކާފައިވާ ސުކޫކުގެ ކޫޕަން ޕޭމެންޓްގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ވިއްކާފައިވާ ސުކޫކަށް މިއަހަރު ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ ކަމަށެވެ. މި ސުކޫކު މެޗުއާވެ، ފުލް ފައިސާ ދައްކަން ޖެހޭނީ 2026 ގަ އެވެ.
މި ސުކޫކަށް ކޫޕަން ޕޭމެންޓް ދައްކަން ޖެހެނީ އަހަރުގެ ދެބަޔަށް ބަހާލައިގެން ކޮންމެ އަހަރުވެސް އޭޕްރިލް އަދި އޮކްޓޯބަރު ގައެވެ. މި ސުކޫކަށް އަހަރަކު 50 މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހެއެވެ.
ސަރުކާރުން މި ފައިސާ ދައްކާފައި މިވަނީ، ފިޗާއި މޫޑީސް ފަދަ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖެ ޑީފޯލްޓުވެދާނެ ކަމުގެ ހިރާސްބޮޑުކަމަށް ނިންމައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމާ ގުޅިގެން ސުކޫކުގެ އަގު ވެއްޓިގެން ދިޔައެވެ. އެގޮތުން ސުކޫކުގެ އަގު ޑޮލަރަކަށް 66 ސެންޓަށް ވެއްޓުނު ނަމަވެސް މިހާރު ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 76 ސެންޓުގައެވެ.
ސަރުކާރުން ޝެޑިއުލާ އެއްގޮތަށް މި ފައިސާ ދެއްކުމާއެކު ސުކޫކުގެ އަގު އުފުލި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދާނެ އެވެ.
ގުޅުންހުރި

އެންމެން ނުދެއްކޭނޭ ކަމަށް ހީކޮށް ތިބި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ދަނީ ގާާތުން ބަލަމުން - ފިނޭންސް

އޯޕެކް ފަންޑުން ރާއްޖެއަށް އިތުރު މާލީއެހީތައް ދިނުމަށް ފްރޭމްވޯކެއްގައި ސޮއިކޮށްފި

.gif&w=3840&q=75)



