logoEN
cocacola
ސަރުކާރުގެ މާލީ އިސްލާހުތަކާއި ގުޅޭގޮތުން އޭ.ޑީ.ބީ އާއި މަޝްވަރާކޮށްފި

ސަރުކާރުގެ މާލީ އިސްލާހުތަކާއި ގުޅޭގޮތުން އޭ.ޑީ.ބީ އާއި މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

9/10/2024, 2:27:52 PM

# ފިނޭންސް މިނިސްޓްރީ

--

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އާއި މަޝްވަރާކޮށްފި އެވެ.

ގޮސިޔާ

އިއްޔެ ފިނޭންސް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤް ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރ ހާ އެކްސެލެންސީ ޑރ. ޖަސްޓީން ޑިއޮކްނޯ-ސިކާޓް އާއި ބައްދަލުކުރައްވާފައި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސަރުކާރުގެ މާލީ އިސްލާހުތަކާއި އޭ.ޑީ.ބީ އާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ހޯދުމަށް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެއެވެ.

މިނިސްޓްރީން އިތުރުަށް ބުނީ އިއްޔެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓީން މިހާރު ގެންދަވަނީ ސަރުކާރުގެ މުހިންމު އިސްވެރިންނާ ބައްދަލުކޮށް ޕްރޮޖެކްޓް ސައިޓް ވިޒިޓްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއަށް 3 ދުވަހުގެ ކޮންސަލްޓޭޝަން ޒިޔާރަތެއް ކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ