logoEN
cocacola
ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 19 ގައި!

ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 19 ގައި!

އަހުމަދު ޝުރާއު

logo

9/11/2024, 11:13:42 AM

# ޕީއެންސީ

--

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ ) ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ގޮސިޔާ

މިއަދު އެޕާޓީގެ ލީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މި އިންތިހާބު ވާނީ މިހާތަނަށް ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބަށް ކަމަށާއި އެ އިންތިހާބުގައި 2،095 މަގާމަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

އެގޮތުން މި އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.

މި އިންތިހާބުގައި އިންތިހާބުކުރުމަށް ނިންމާފައިވާ މަގާމުތައް

  1. ދާއިރާގެ ރައީސުން
  2. ދާއިރާގެ ނައިބު ރައީސުން
  3. ޒުވާނުންގެ ހަރަކާތުގެ ރައީސުން
  4. އަންހެނުންގެ ހަރަކާތުގެ ރައީސުން
  5. ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރެވިގެންދާނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ރައީސްކަމަށްް ވާދަކުރެވޭނީ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުން ނެތް ދާއިރާތަކަށް ކަމަށާއި މަޖިލިސް މެމްބަރުން ތިބި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުން ކަމަށެވެ. އަދި ދައިރާތަކުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުން ވަކި އަދަދަކަށް މެމްބަރުންގެ ފޯމު ހުށައަޅަންޖެހޭނެކަމަށްްވެސް ހަލީލް ވިދާޅުވި އެވެ.

ޕީއެންސީން މިއަދު ބުނީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެމްބަރު ވަނަ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް ކަމަށާއި މި މުއްދަތުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުރި ކޮންމެ މީހަކަށްވެސް މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތުވެސް ލިބިގެންދާނީ އެތާރީހަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެމްބަރުންނަށް އެކަންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ