logoEN
cocacola
ދިއްދޫގައި ލޮނު އުފެއްދުމުގެ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށައިފި

ދިއްދޫގައި ލޮނު އުފެއްދުމުގެ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/10/2024, 4:03:16 PM

# އެކޮނޮމިކް މިނިސްޓްރީ

--

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޮނު އުފައްދާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ހއ. ދިއްދޫގައި ފަށައިފިއެވެ.

ގޮސިޔާ

އެކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ އެމް.ޑީޕް އިންވެސްޓްމަންޓުން ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ.

އެމް.ޑީޕް އިންވެސްޓްމަންޓްގެ ވެރިޔާ ހުސައިން ރިސާލް ވިދާޅުވީ ރާއްޖޭގައި މިފަދަ އިންވެސްޓްމަންޓެއް ކުރަން ނިންމީ ރާއްޖޭގައި ހުރި ގުދުރަތީ ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް ކަމަށެވެ. އަދި އަމާޒަކީ އާ ވިޔަފާރިއެއް ތަޢާރަފްކުރުން ކަމަށް ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ބިޔަ ކަނޑުގެ ފުރިހަމަ މަންފާ ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ލޮނު އުފެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި ބީސީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި، މި މަޝްރޫޢުއަށް ބޭނުންވާ ދިރާސާތައް ކުރުމަށް ޔޫއެންޑީޕީގެ ދިރާސާ ޓީމެއް ހޯދުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިމްޕޯޓްކުރެވޭ މަތީ ފެންވަރުގެ ލޮނާއި، ދިވެހިންގެ ބޭނުމަށް އެތެރެކުރެވޭ އެންމެހައި ލޮނުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ އަމާޒެއްކަމަށެވެ. އަދި ރާއްޖޭގައި މި މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ދިރާސާއެއް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި ނަމަވެސް، މި ދިރާސާއަށް ގިނަ އަހަރުތަކެއް ހޭދަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި މަޝްރޫޢު ފުރިހަމަކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ފެކްޓަރީއަކީ އިރުގެ އަލިކަމާއި ހޫނު ބޭނުންކޮށްގެން ޤުދުރަތީ ގޮތުން ލޮނުފެން ހިއްކައި، ލޮނު އުފެއްދުމަށް ތަރައްޤީކުރެވެމުންދާ ފެކްޓަރީއެކެވެ. ފެކްޓަރީގެ މަސައްކަތް 2024 ވަނަ އަހަރު ނިމޭނެކަމަށް ލަފާކުރެވޭ އިރު، މިހާތަނަށް ފެކްޓަރީގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ލޮނު އުފައްދާ ފެކްޓްރީ އެޅުމަށް ދިއްދޫ ރަށު ކައުންސިލުން ވަނީ އެ ރަށުން 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދީފައެވެ. ރަށު ކައުންސިލުން ފާހަގަކުރާ ގޮތުގައި މި އިންވެސްޓްމަންޓުގެ ސަބަބުން ކައުންސިލްގެ އާމްދަނީ އިތުރުވެގެން ދިއުމާއެކު ރަށުގެ އާބާދީއަށް އާ ވަޒީފާގެ ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މި ފެކްޓްރީގައި ތިން ވައްތަރެއްގެ ލޮނު އުފައްދާނެއެވެ. އޭގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ލޮނު އަދި ޚާއްޞަ މާއްދާތައް ބޭނުންކޮށްގެން ހަދާ ލޮނު ހިމެނެއެވެ. އަދި ފުރަތަމަ ފެކްޓްރީ ކާމިޔާބު ވެއްޖެ ނަމަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ހަތަރު ފެކްޓްރީއެއް އެޅުމަށް ކުންފުނިން އަމާޒު ހިފާފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ޢިޤްތިޞާދު އެއްކަމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ އެކްސްޕޯޓުތައް އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ