logoEN
Sto top
ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި: މަގާމުގައި 11 އަހަރު!

ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި: މަގާމުގައި 11 އަހަރު!

އަހުމަދު ޝުރާއު

logo

3/4/2025, 7:09:28 PM

# އެކޮނޮމިކް މިނިސްޓްރީ

--

ރާއްޖޭގެ ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އިސް ފަރާތް ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވިސާާމް ގިނަ ދުވަސްތަކަކާށް ފަހު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Wamco

ވިސާމް މަގާމުން އިސްތިއުފާ ދެއްވިކަން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް ވިސާމް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ހާމަވެފައި ނުވެއެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމާއި ވިސާާމް ހަވާލުވަޑައިގަތީ 2014ވަނަ އަހަރެވެ. ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން މަރްޔަމް ވިސާމް ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގަ އެވެ. އޭގެ ކުރިން، އެތާނގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.

މަރިޔަމް ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗެލާޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside