logoEN
cocacola
އަލިފާނުގެ ހާދިސާ ހިނގި ހ.ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

އަލިފާނުގެ ހާދިސާ ހިނގި ހ.ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/10/2024, 9:17:28 AM

# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

--

އިއްޔެ މާލޭގައި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ހ ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

ގޮސިޔާ

މި މަސައްކަތް ފަށާފައިވަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމެންޓު, ޕަބްލިކް ވޯކްސްއިންނެވެ. އެ މިނިސްޓްރީން މިއަދު ބުނީ އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި ހ.ނޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް އެމިނިސްްޓްެރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމެންޓުން ފަށާފައިވާ ކަމަށެވެ. އެގޮތުން ގެ ތަޅާލުމުގެ މަސައްކަތަށް މަގު ބަންދުކޮށްގެން އެމަސައްކަތް މިއަދު ހެނދުނުން ފަށައިގެން ޕަބްލިކް ވޯކްސް ޑިޕާޓްމެންޓުން އަންނަނީ ކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ނޫހިމެރިގެ އަކީ ކެފޭއަކާއި ގިނަ އަދަދެއްގެ ބިދޭސީން އެކޮމަޑޭޝަނަކަށް ބޭނުންކުރަމުން ދިޔަ ގެޔެކެވެ.

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ އިއްުޔެ މެންދުރު ފަހު 3:30 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އެ އަލިފާންގަނޑު ނިއްވާލެވުނީ އޭގެ ގަޑިއިރެއް ހާއިރުވި ފަހުންނެވެ. ނަމަވެސް ރޭ އަނެއްކާވެސް އެގޭގައި ވަނީ އަލިފާން ރޯވެފައި އެވެ. އެގޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.

ރޭގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން ވަނީ 57 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ