
ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ކައުންސިލުތަކުގެ ދައުރު އިތުރުކުރުމަށް މަޝްވަރާކޮށްފި
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް-
މިނިސްޓްރީ އޮފް ސިޓީސްގެ ފަރާތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް، މުޖުތަމަޢު ހޭލުންތެރިކޮށް، ތަންފީޒުކުރުމުގައި ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކުގެ ދައުރު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި އެވެ.
މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ރަފީޤް ޙަސަން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި އެކްޓިންގ ޕާމަނަންޓް ސެކްރެޓަރީއާއި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރަމުން އަންނަ ފަރާތްތައް މަދުކޮަށް، ދުންފަތުގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެވެ.
ގުޅުންހުރި

ސިޓީސް މިނިސްޓްރީގެ ވަފުދެއް އިންޑީއާއަށް!

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ކައުންސިލުތަކުގެ ދައުރު އިތުރުކުރުމަށް މަޝްވަރާކޮށްފި

ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީގެ 'އަހަރު މެދު މުރާޖާ' ބައްދަލުވުން ބާއްވައިފި





