
ކައުންސިލް އިދާރާތަކުގެ އިމާރާތްތައް އެޅުމަށް މެލޭޝިާ ކުންފުންޏާއިއެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފި
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް--
ރަށްރަށުގެ ކައުންސިލް އިދާރާތައް އެޅުމަށް ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް އާއިއެކުވީ އެއްބަސްވުން ބާތިލުކޮށްފި އެވެ.

މިކަން ރަސްމީކޮަށް ހާމަކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލާއެކުވީ އެއްބަސްވުން ބާޠިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން ކަމަށެވެ. މިއާއިއެކު މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިތުރު ފަރާތްތަކުގެ ބިޑްތައްް އިވެލުއޭޓުކުރުމަށްފަހު އެހެން ފަރާތަކަށް އެ މަސައްކަތް ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހެކްސްޓަރ ގްލޯބަލްގެ އެއްބަސްވުން ބާޠިލުކުރިއަސް އެ ފަރާތަށް ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުން އެޅުމަށް ހަމަޖެހިފައިވާ މި 55 ކައުންސިލްގެ ތެރެއިން ބައެއް ކައުންސިލްތަކުގެ ބިންގާ ވެސް މިހާރު ވަނީ އެޅިފައެވެ. މިއީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވަޞީލަތްތައް ވެސް ގާއިމްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކައުންސިލް އިދާރާތަކެކެވެ.
ކައުންސިލް އިދާރާ ބިނާކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ގުޅުންހުރި

ކައުންސިލް އިދާރާތަކުގެ އިމާރާތްތައް އެޅުމަށް މެލޭޝިާ ކުންފުންޏާއިއެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފި

ސިޓީސް މިނިސްޓްރީގެ ހަފުތާ 52 ގެ މަސައްކަތު ބައްދަލުވުން ފަށައިފި

ކައުންސިލްތަކާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ސާބިތުކަމާއެކު ދެމި ތިބޭނަން!
