
ސިޓީސް މިނިސްޓްރީގެ ވަފުދެއް އިންޑީއާއަށް!
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް-
އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ވަފުދެއް އިންޑިއާއަށް މިއަދު ފުރައިފިއެވެ.

އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ދަތުރުކުރި މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕަރޓްމަންޓްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މި ވަފުދާ ބައްދަލުކުރައްވައި ކާމިޔާބު ދަތުރަކަށް އެދިވަޑައިގަންނަވައިފައެވެ.
ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ މި ނޮވެމްބަރ މަހުގެ 3 އިން 14 އަށް އިންޑިއާގެ އެކި ސިޓީތަކުގައެވެ. ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ.
ގުޅުންހުރި

އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނަން - އާދަމް ޝާރީފް އުމަރު

ކައުންސިލް އިމާރާތްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލަންފަށައިފި

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކުގައި މަސްދަޅުކޭސް ބަހަން ފެށޭނެ: އާދަމް ޝަރީފް




