logoEN
Sto top
 ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީގެ 'އަހަރު މެދު މުރާޖާ' ބައްދަލުވުން ބާއްވައިފި

ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީގެ 'އަހަރު މެދު މުރާޖާ' ބައްދަލުވުން ބާއްވައިފި

އަހުމަދު ޝުރާއު

logo

7/29/2025, 12:20:44 PM

# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

--

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް ގެ "އަހަރު މެދު މުރާޖާ 2025" ބައްދަލުވުން ބާއްވައިފި އެވެ.

Wamco

މި ބައްދަލުވުން، ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙެވެ.

މި ބައްދަލުވުމަކީ މި އަހަރުގެ ނިމިދިޔަ 6 މަހުގެ މަސައްކަތް މުރާޖާކޮށް، މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މަދަނީ އަދި ސިވިލް މުވައްޒަފުންގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ މުވައްޒަފުން އެބަތިބި ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީގެ ބައެއް ސެކްޝަންތައް ސިވިލް މުވައްޒަފަކު ނެތި ހިނގަމުންދާކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުމަށް ހުރިހާ މުވައްޒަފުންނަށް ބާރުއަޅުއްވައި، އެ ކަމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުން ރަނގަޅު ކާމިޔާބީތަކެއް ޙާޞިލްކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މުވައްޒަފުންނަށް އެވޯޑު ދިނުމަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC